މިވެބްސައިޓުގައި ހިމެނޭ ދާއިރާތަކާއި ކެންޑިޑޭޓުންގެ މައުލޫމާތު ނަގައިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި (www.elections.gov.mv) އާއްމު ކުރެވިފައިވާ މައުލޫމާތުންނެވެ.
މިގޮތުން މިވެބްސައިޓުގައިވާ ކެންޑިޑޭޓުންގެ މައުލޫމާތު ބިނާކުރެވިފައިވާނީ އިލެކްޝަންސް ކޮމިޝަންއިން ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރެއްވުމަށް ފަހު 5 އޭޕްރީލް 2009 ގައި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއު ކުރައްވާފައިވާ އިއުލާނުގައިވާ މައުލޫމާތާއި އެއްގޮތަށެވެ. އެހެންކަމުން މޯލްޑިވްސް މަޖިލިސް ވެބްސައިޓުގައި ހިމެނޭ އެއްވެސް މައުލޫމާތެއްގައި ކުށެއްވާކަމަށް ފެންނަ ނަމަ އެކަން ވީހާވެސް އަވަހަށް މިވެބްސައިޓް ބަލަހައްޓާ ޓީމްއަށް "ޙިޔާލު ދެއްވާ" ޕޭޖް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ. އަދި މިފަދަ ކުށެއް މައުލޫމާތުގައި ވާނަމަ އެކަމަށް މައާފަށް އެދެމެވެ.
މިވެބްސައިޓަކީ ރައްޔިތުންގެ މަޖިލީހާއި ނުވަތަ އެއްވެސް ޕޮލިޓިކަލް ޕާޓީއަކާއި ގުޅިފައިވާ ވެބްސައިޓެއް ނޫން ކަންވެސް މިވެބްސައިޓަށް ޒިޔާރަތް ކުރައްވާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިވެބްސައިޓަކީ އިތުރަށް ބޭނުންތެރި ވެބްސައިޓަކަށް ހެދުމަށް އިތުރުކުރެވިދާނެ ނުވަތަ ރަނގަޅު ކުރެވިދާނެ ކަމެއް ވާނަމަ ނުވަތަ އިތުރު އެއްވެސް ހިޔާލެއްވާނަމަ "ޙިޔާލު ދެއްވާ" ޕޭޖް މެދުވެރިކޮށް އަޅުގަނޑުމެންނަށް އެކަން އަނގަވައިދެއްވުމަކީ އަޅުގަނޑުމެން ވަރަށް އެދޭކަމެކެވެ.
މިވެބްސައިޓް ތައްޔާރުކޮށްފައިވަނީ - އަލްފިސޮފްޓް www.alfisoft.com